އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ފުލުހުންވެސް ބައިވެރިވޭ، މައްސަަލަ ތަހުގީގުކުރަނީ
ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ ފުލުހުންގެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
މިކަން ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއްގެ ބައިވެރިވާކަމަށް ތުހުމަތުކުރެވޭތީ މި މަހު 13 ވަނަ ދުވަހު ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރަމުންއަންނަ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާކަމަށް ތަފާތު ގިންތިތަކުގެ ފުލުހުންގެ މައްޗަށް ތުހުމަތުކުރެވެއެވެ.
އެގޮތުން ނޮން-ކޮމިޝަންޑް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި އެގްޒެކެޓިވް ލެވެލްގެ ފުލުހުންގެ މައްސަލަވެސް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ދަނީ ބުނެފައެވެ.
މި މައްސަލައިގައި ތަހުގީގުކުރަމުންދާ ފުލުހުންގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް