ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ލަންކާއަށް ވަޑައިގަންނަވަނީ
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސްރީލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝާހިދު، ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުންތައް ބަދަހިކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ސްރީލަންކާއަށް ފުރާވަޑައިގަންނަވާނެއެވެ.
މާދަމާގެ ވަގުތެއްގައި ޝާހިދާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރްދަނަ އާއި އެކު ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް