ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގް އަތުލައިގެންފި، މަގުމަތީ އަގު 8 ލައްކައިން މަތި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ، ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތި ހުރީ ވިހި ޕެކެޓެއްގައި ފޮރުވާފަ އެވެ. ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެއިވާ ކަމަށާ މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރި ކަަމަށް ކަސްޓަމުން ބުންޏެވެ.
މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600 ދިވެހި ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް