އައްޑޫގައި އޯޓިސްޓިކް ކުއްްޖެއްގެ ގައިގައި އިސްތިރި ޖައްސައިފި
އައްޑޫސިޓީގައި ހަތަރުވަރަކަށް އަހަރުގެ އޯޓިސްޓިކް ކުއްޖެއްގެ ގައިގައި އިސްތިރިން ޖައްސައި ފިއްސާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުއްޖެއްގެ ގައިގެ ތަންތަން ފިހިފައިވާ މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީއަށް ހުށައެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދެފަރާތުން ގުޅިގެން ގާތުން ބަލަމުންދާކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އިސްތިރިން ޖެއްސި އަންހެން ކުއްޖަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. މި ހާދިސާ ހިނގި ދުވަހު އެކުއްޖާގެ މަންމަ ވަނީ ކުއްޖާ ބެހެއްޓުމަށްފަހު ކުއްލިގޮތަކަށް މާލެއަށް އައިސްފައެވެ.
އިސްތިރި ޖައްސާފައިވަނީ އެކުއްޖާގެ ލަދުވެތި ގުނަވަނުގައި ކަމަށްވެއެވެ. އެކުއްޖާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް