ގައުމީ ދުވަހުގައި ގުރަހަލި ގްރޫޕްގެ ޚާއްސަ ހަދިޔާއެއް!
މިއަދު ފާހަގަކުރެވެމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި މަޝްހޫރު ބޮޑުބެރު ގްރޫޕެއްކަމުގައިވާ ގުރަހަލި ބޮޑުބެރު ގްރޫޕުން އާންމުންނަށް ޚާއްސަ ހަދިޔާާއެއް ދޫކޮށްލައިފިއެވެ.
އެގޮތުން ގްރޫޕުން ވަނީ އެ ގްރޫޕްގެ ފޭސްބުކް ޕޭޖްގައި މި ދުވަހުގެ މުނާސަބަތާއި ގުޅިގެން ޚާއްސަ ލަވައެއް ނެރެފައެވެ.
މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމް ހޯރަފުށީ އާދަމް ސަލީމް ހައްދަވާފައިވާ ލަވައެއްކަމުގައިވާ "ގައުމަށް މިއަދު އަލިކޮށްލި ރީތި ނިޝާާނާ" ލަވައިގެ ބޮޑުބެރު ކަވަރއެއް ގުރަހަލި ބޮޑުބެރު ގްރޫޕްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާއިރު އެ ލަަވަޔަށް މިހާތަަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ލަވައިގެ ވީޑިޔޯ ޝޫޓްކޮށްފައިވަނީ އެ ގްރޫޕްގެ ސްޓޫޑިއޯގައެވެ.
ވޮއިސްއަށް މައުލޫމާތުދިން ގުރަހަލި ގްރޫޕްގެ އޮފިޝަލަކު ވިދާޅުވީ މިއީ ގައުމީ ދުވަހުގެ މުނާސަބަތުގައި އާންމުންނަށް ދިން ހަދިޔާއެއްކަމަށާއި ކުރިއަށް އޮތް ދުވަސްވަރުގައި އެ ގްރޫޕްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިފަދަ ގިނަ ލަވަތަކެއް ފެނިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް