ނިއުޒިލޭންޑްގެ ހިތާމައިގައި ރާއްޖެއިން ބައިވެރިވެއްޖެ
ނިއުޒިލޭންޑުގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި މާލޭގެ ބަންޑާރަ ކޮށީގެ އިމާރާތަކަށް ޕްރޮޖެކްޝަނެއް އަރުވައިފިއެވެ.
މި ޕްރޮޖެކްޝަން އެރުވުމަށްފަހު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ރާއްޖެއިން ނިއުޒިލޭންޑްގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ.
އެންސީޓީސީގެ ޓްވީޓްގައި އެ ސެންޓަރުން ބުނީ ޓެރަރިޒަމް އަކީ އެއްވެސް ދީނެއް، ކުލަޔެއް އަދި ގައުމަކަށް ނިސްބަތްނުވާފަދަ އެއްޗެއްކަމަށެވެ.
އަދި ދިވެހިން ނިއުޒިލޭންޑްގައި ޝަހީދުވި އަޚުންނާއި އުޚުތުންނާއި އެކު ސާބިތުވެ ތިބިކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ތަންތަނުގައިވެސް ވަނީ މިފަދަ ޕްރޮޖެކްޝަންތައް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް