އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައަށް ރެޖިސްޓްރީވުމަށް ކޭމްޕެއް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ދަށުން އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތަށް ރަޖިސްޓްރީ ވުމަށް ކޭމްޕެއް ފަަށައިފިއެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ "އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް"ގެ ނަމުގައި މި ކޭމްޕް ކުރިއަށްދާނީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިލުއޭޓް އޮފީހުގައި ކަމަށެވެ.
އެ ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިހަފްތާގެ ބުރާފަތި ދުވަހުގެ ނިޔަލަށެވެ.
އާސަންދައިން ބުނީ ދާދި ފަހުން ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައިވެސް ވަނީ އެފަދަ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި އެގޮތުން އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން މިމަހުގެ ހަތަރެއްގެ ނިޔަލަށް ކަމަށެވެ.
އެ ކޭމްޕްގެ ތެރެއިން ލަންކާގައި ދިރިއުޅޭ 2،500 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް