އިދިކޮޅުގެ ސުލްހަވެރި އެއްވުމަށް ހުރަސް ނާޅަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ބަޑިބުރާސްފަތި" ނަމުގައި މިރޭ ބާއްވަމުންދާ އެއްވުމަށް ހުރަސް ނޭޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްެއިން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިހެން ބުނެފައިވަނީ މިރޭ ކުރި ޓްވީޓެއްގައެވެ.
އެ ޖަމްއިއްޔާއިން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސްއާއި އައިސީސީޕީއާރުގެ ދަށުން ލިބިފައިވާ އަސާސީ ހައްގެއްކަމަށެވެ.
އެހެންކަމުން ޓްރާންްސްޕޭރެންސީން ވަނީ ޕީޕީއެމް އަދި ޕީއެންސީން ބާާއްވަމުންދާ ސުލްހަވެރި އެއްވުމަށް ހުރަސް ނޭޅުމަށާއި ބާރުގެ ބޭނުންނުުކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.
މިރޭގެ އެއްވުމަކީ ގާނޫނާއި ޚިލާފު އެއްވުމެއްކަމަށްބުނެ އެސްއޯ ފުލުހުން ވަނީ މިއެއްވުން ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. އަދި މިކަމުގެ ތެރޭގައި ބައެއް ފަރާތްތައް ވަނީ ހައްޔަރުވެސް ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް