ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވާނީ ކަރަންޓް ދީފައި: ސްޓެލްކޯ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް އަލުން ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްތެލްކޯގެ ކަރަންޓް ދިނުމުގެ ނިޒާމަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ވަނީ މާލެ ހިމެނޭހެން މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިފައެވެ. ސްޓެލްކޯއިން އެންމެފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ހުރިހާ ހިސާބަކަށް މިހާރު އަލުން ކަރަންޓް ދީ ނިމިފައިވާކަމަށެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓް ދީ ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ސްޓެލްކޯއިން ބުނީ މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެގޮތުން މިއަދު ކަރަންޓް ދިޔައީ ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ އަޕްގްރޭޑް ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެން، ބައެއް އިންޖީނުތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް