ބިދޭސީ ދެ މީހެއްގެ މެދުގައި މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިދޭސީ ދެ މީހެއްގެ މެދުގައި ހިނގި މާރާމަރީއެއްގައި އެކެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުން ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިނގި މަރާމާރީގެ މައްސަލަ މިރޭ 7:11 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަަމަށާށ އެކެއްގެ ބޯފެޅި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެ ދެ މީހުން ހައްޔަރު ކުރި ކަމަށްވެސް ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް