"ނެކްސްޓް ސްޓެޕް" މަތީ ތައުލީމާއި ބެހޭ މައުރަޒު ފަށައިފި
ކްލިކް ކޮލެޖުން އިންތިޒާމްކޮށްގެން މަތީ ތައުލީމާއި ކެރިއަރ ގައިޑެންސްގެ މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ "ނެކްސްޓް ސްޓެޕް" މައުރަޒު ފަށައިފިއެވެ.
ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒު އިއްޔެ ފައްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާާ އަހުމަދެވެ.
ކުލިކް ކޮލެޖުން އިންތިޒާމުކޮށްގެން، ޖޭސީއައި މޯލްޑިވްސްއާ ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިޔަށްގެންދަނީ މިއަދާ މާދަމާ، އާރޓްގެލަރީ ގައެވެ. މިއަހަރުގެ މި އެކްސްޕޯ ބޮޑަށް އަމާޒުކޮށްފައި ވަނީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށެވެ.
މި މައުރަޒުގެ ބޭނުމަކީ ސްކޫލު ނިންމާކުދިން މަތީ ތަޢުލީމީ މަރުޙަލާއަށް ދިއުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާ އަދި ވަޒީފާއެއް ހޯދުމަށް ސީވީ ތައްޔާރުކުރުންފަދަ ކަންކަމުގައި ކުދިންނަށް އިރުޝާދާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މިގޮތުން މި މައުރަޒުގައި، މަޝްހޫރު ބައެއް ކުންފުނި ތަކުގެ ހިއުމަން ރިސޯސް މެނޭޖަރުން ބައިވެރިވެ އިންޓަވިއުއާ ސީވީ ތައްޔާރުކުރުން ފަދަ މަޢުލޫމާތު ޙިއްޞާކުރަމުން ގެންދާނެއެވެ. އަދި މި ނޫންވެސް އެކިއެކި ދާއިރާތަކުން ކުދިންނަށް މުހިންމު މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ބައެއް ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުންފަދަ ފުރުޞަތުތައް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް