ފްލޮރިޑާގައި ފިރިހެނަކު މެކްޑޮނަލްޑްސްގެ އަންހެން މުވައްޒަފަކަށް ހަމަލާދީފި
އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މެކްޑޮނަލްޑްސް ރެސްޓޯރެންޓްއެއްގެ ތެރޭގައި ފިރިހެނަކު، އެތަނުގެ އަންހެން މުވައްޒަފަކަށް ހަމަލާދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އާ އަހަރުގެ ކުރީ ރޭގައެވެ. އެ ފިރިހެންމީހާ މިހާރު ވަނީ ހައްޔަރުކުރެވި، އޭނާގެ މައްްޗަށް ދައުވާވެސް އުފުލިފައެވެ.
މި ހާދިސާގެ ވީޑިޔޯ ފުޓޭޖެއް އާންމުވެފައިވާއިރު، އެ ފުޓޭޖުން ދައްކާ ގޮތުގައި އެ ފިރިހެންމީހާ ވަނީ އެ އަންހެންމީހާ ކައުންޓަރުގެ ފަހަތުގައި ހުއްޓާ އޭނާގެ ޓީޝާޓުގައި ހިފައި، އޭނާ ހުރި ދިމާލަށް ދެމުމަށް މަސައްކަތް ކޮށްފައެވެ.
ނަމަވެސް އެ އަންހެން މީހާ އެވަގުތު ވަނީ އެ ފިރިހެން މީހާއަށް ރައްދު ހަމަލާދީ ސަލާމަތްވުމަށް މަސަައްކަތް ކޮށްފައެވެ. އެވަގުތު އެ އަންހެންމީހާ އެތަނުން ދުރުކޮށްފައިވަނީ މެކްޑޮނަލްޑްސްގެ އެހެން މުވައްޒަފުންނެވެ.
އެ ފިރިހެންމީހާ މުވައްޒިފަށް ހަމަލާދިން ސަބަބުވަނީ ސާފުވާގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް