މަހުލޫފްގެ މައްސަލަ ބަަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފި
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފް ކުންފުނިން ލިބިފައިވާ ކަމަށް ތަހުގީގު ރިޕޯޓުން ދައްކާ ޑޮލަރުތަކުގެ މައްސަލަތައް ބަލައި ނިމެންދެން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.
މަގާމުގެ މަސްއޫލިއްޔަތުތަކުން މަހުލޫފް ވަގުތީ ގޮތުން ދުރުކޮށް، ގޭގައި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިކަން މަހުލޫފްވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
މަޚުލޫފްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް އިހުތިރާމްކުރައްވާކަމަށް ވިދާޅުވެފައެވެ.
މަޚުލޫފް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސްއޯއެފްގެ ޚިޔާނާތުގެ ފައިސާ ދިޔަ އެކައުންޓްތަކުގެ ތެރޭގައި އޭނާގެ އެކައުންޓް އިންކަން ދާދިފަހުން އެނގުމުން އެ މައްސަލަ އޭސީސީއަށް ހުށައަޅުއްވާފައިވާކަމަށެވެ.
އެސްއޯއެފްެއާއި އެކު މުއާމަލާތްކުރެވުނީ މީގެ ފަސް އަހަރުކުރިން 2014ވަނަ އަހަރުގައިކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ. އެއީ މަޚުލޫފްގެ އާއިލާއިން ދަޖީންސް ކިޔާ ފިހާރަ ހިންގިއިރުގައި، މަހުލޫފްގެ އެއްބަަފާ ކޮއްކޮ އަލީ މުބީން މެދުވެރިކޮށް ނަގުުދު ފައިސާ ދީފައި ޑޮލަރ ގަންނަން ކުރި މުއާމަލާތެއްކަމުގައިވަނީ އެބޭފުޅާ ވަނީ ފާހަަގަކުރައްވާފައެވެ.
އަދި އެ 33،000 ޑޮލަރު މަހުލޫފްގެ އަމިއްލަ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވަނީ ދަޖީންސް ފިހާރައިގެ ޑޮލަރ އެކައުންޓެއް ނެތުމުންކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް