N/A
N/A
ހަބަރު 28 Jun 2019 | 06:34

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ނިމުމަކަށް އަންނަނީބާ!

ހދ. ކުޅުދުއްފުށީގައި މީގެ 15 އަހަރު ކުރިން ސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ ''ހޮނިހިރު ބާޒާރު'' އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނުބާއްވަން އެރަށު ކައުންސިލުން ވަނީ ނިންމައި އެކަން އިއުލާންވެސް ކޮށްފައެވެ. މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހަމަ ގައިމުވެސް ހިތާމަވެރި ހަބަރެކެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ ހޮނިހިރު ބާޒާރު ނުބާއްވަން ނިންމީ އެސަރަހައްދުގައި ލޯކަލް މާރުކޭޓު ހުޅުވައި ހިދުމަތް ދޭން ފެށުމުންނެވެ.

ހޮނިހިރު ބާޒާރު އޮންނަނީ ކޮންމެ ހޮނިހިރު ދުވަހަކު ރީޖަނަލް ހޮސްޕިޓަލާއި ދިމާ އަތިރިމަތީ، ފިނި ބުރުތަކާއި ހިޔާގަސްތަކުން ފުރިފައިވާ ބޮޑު ސަރަހައްދެއްގައެވެ. އެސަރަހައްދުގައި ފުރަތަމަ އެއްޗިހި ވިއްކަން އުތުރުގެ ތިން އަތޮޅު މީހުން ތިބެންފެށީ ވަކި ހުއްދައެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް އެކަން ވެގެންދިޔައީ ކުޅުދުއްފުއްޓާއި އަދި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ކޮންމެ ހޮނިހިރު ދުވަހަކު އަންނަ މީހުންނަށާއި ރަށަށް އަރާ ބީރައްޓެހިންނާއި މެހެމާނުންނަށް ވަރަށް ކަމުދާ ކަމަކަށެވެ. އެހެންކަމުން ހޮނިހިރު ބާޒާރު ފުޅާވެ، ބޮޑު ސަރަހައްދަކަށް ފެތުރި ވިޔަފާރިވެސް ފުޅާވެ، އެންމެ ފަހުން އުތުރުގެ ތިން އަތޮޅު މީހުންގެ މާރުކޭޓަކަށް ބަދަލުވެގެން ދިޔައެވެ.

ހޮނިހިރު ބާޒާރުން ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާގެ އިތުރުން ފަލަމަޑީގެ ބާވަތްތަކާއި ރޯމަހާއި ވަޅޯމަސްވެސް ލިބެން ހުރެއެވެ. މިތަކެތި ގެންނަނީ އުތުރު ތިން އަތޮޅުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނެވެ.

ހއ. ކެލާ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ށ. ފީވަށް، ށ. ފޯކައިދޫ، އަކީ ދަނޑުވެރިކަމަށް ހާއްސަ ރަށްރަށެވެ. އެރަށްރަށުގައި ގެދޮރު މޯގޭޖްކޮށްގެން ދަނޑުވެރިކަން ކުރާ މީހުން އެބަތިއްބެވެ. އެހެންކަމަށްވާނަމަ އެފަދަ ފަރާތްތަކަށް ''ހޮނިހިރު ބާޒާރު'' އުވާލުމުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެއެވެ.

އަދި ރަށުގެ ފިހާރަތަކަށްވުރެ ހެޔޮ އަގުގައި ބޭނުން އެއްޗެއް ގަންނަން ލިބެންްހުންނަ އެބާޒާރު އުވާލުމަކީ ތިން އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ދެރައެކެވެ. ހޮނިހިރު ދުވަހު ހަމައެކަނި ހެޔޮއަގުގައި ބާޒާރުކޮށްލަން ދާމީހުންވެސް މަދެއްނޫނެވެ. ޚައްސަކޮށް ކުޅުދުއްފުށީ ގިނަ ރައްޔިތުންވެސް ހޮނިހިރު ބާޒާރުން ގިނަ އަދަދަކަށް ތަކެތި ގަނެއެވެ. ހޮނިހިރު ދުވަހަށް އިންތިޒާރުކުރެއެވެ. ހޮސްޕިޓަލުން ނިމިގެން ރަށަށް ފުރަންދަމުން ބާޒާރުން ތަކެތި ގަނެގެން ދޯންޏަށް އަރަނީ ވަރަށް ހިތްހަމަޖެހިގެން ތިބެއެވެ. ނަމަވެސް މިއަދު އެކަމާ ހިތާމަކުރާ ވަރަށް ގިނަ މީހުން އެބަތިއްބެވެ. ހާއްސަކޮށް އެންމެ ބޮޑު ގެއްލުމެއް ވަމުންދާ ތިން އަތޮޅުގެ ދަނޑުވެރިންނެވެ.

މީގެއިތުރުން ހޮނިހިރު ބާޒާރަކީ މިހާރު ރާއްޖެއަށްވެސް ވަރަށް މަޝްހޫރު ބާޒާރަކަށްވެއްޖެއެވެ. ރަށަށް އަރާ މެހެމާނުންނާއި އިއްޒަތްތެރިންނާއި ބޮޑެތި ވިޔަފާރިވެރިން ވެސް އެބާޒާރު ބަލައިލަން ޒިޔާރަތްކުރެއެވެ. އަދި އެވާހަކަތައް އެބޭފުޅުން ދައްކަވައެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި މުއައްސަސާތަކުން ވެސް ހޮނިހިރު ބާޒާރުގެ ބޭނުން ހިފައެވެ. ތަފާތު މައުލޫމާތު ދޭ ރޯޑްޝޯވ ތަކާއި ޕްރޮމޯޝަންތައް އެތަނުގައި ވަނީ ހިންގާފައެވެ. އެކަމުގެ ސަބަބުން ދޭން ބޭނުންވާ މައުލޫމާތު ގިނަ ބަޔަކަށް އެއްތަނަކުން ފޯރު ކޮށްދިނުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފަސޭހައިން ލިބުމަށް އެހީތެރިވެދެއެވެ.

އެތައް ބަޔަކަށް މަންފާ ލިބެމުންދާ ހޮނިހިރު ބާޒާރު އުވާލުމާއި ދެކޮޅަށް މީސް މީޑިއާގައި ފާޑުކިޔަމުންދާއިރު، ތިން އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވޭނީ ކުޅުދުއްފުށީ ކައުންސިލަށެވެ.

އެތައް ބަޔަކަށް މަންފާ ލިބެމުންދާ ތަނެއް ކުއްލިއަކަށް ހުއްޓައިލުމުގެ ބަދަލުގައި ރަގަޅު އެހެން ސަރަހައްދެއްވެސް ހަމަޖައްސައިދެވިދާނެއެވެ. އޭރުން ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ގެއްލުންވާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ހަގީގަތަކީ ކިތަންމެ ދުރުގައި ހުއްޓަސް ހެޔޮ އަގުގައި ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ގަންނަން ލިބެން ހުންނަކަމަށްވާނަމަ، ދިވެހިން އެތަނަކަށް ދާނެ އެވެ.

އެއްބަޔަކަށް ގެއްލުން ދިނުމަށްފަހު، އަނެއްބަޔަކަށް ފައިދާ ހޯދައިދިނުމަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ކައުންސިލުން ދެވަނަ ވިސްނުމަކަށް ހިނގައްޖެނަމަ އެއްވެސް ރައްޔިތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...