ދީން ސިޔާސީ ހަތިޔާރަކަށް ބޭނުންކުރުމަކީ އިސްލާމްދީނަށް އެންމެ ބޮޑަށް ފުރައްސާރަކުރުން: ރައީސް ނަޝީދު
ދީން ސިޔާސީ ހަތިޔާރަކަށް ބޭނުންކުރުމަކީ އިސްލާމްދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އިސްލާމްދީނަކީ އެންމެ ފުރިހަމަ، އެންމެ މާތް އަދި އެންމެ ތަހުޒީބު ދީންކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ދީނަށް އެންމެ ބޮޑަށް ފުރައްސާރަކުރުންކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސްބުނެފައިވާކަމަށްބުނެ، އެ ޖަމްއިއްޔާއަށް ފިޔަވަޅު އެޅުމަށް ގިނަބަަޔަކު ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް