ކުޅުދުއްފުށީގައި، ބާރު ސްޕީޑްގައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން އެއާޕޯޓް ފެންސުގައި ޖެހިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން އެއާޕޯޓު ފެންސް ގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ވޮއިސް“ އަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ 11:41 ހާއިރު ކަމަށާ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އަދި މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓު ޓާމިނަލް ކައިރިން އިރަށް ގޮސް ކުޅި ކައިރިން ލަނބާލާ ހިސާބުގައިކަމަށާއި،އެކްސިޑެންޓް ވި ދިމާލުން ފެންސްގެ ގާތްގަނޑަކަށް 75 ފޫޓު އަރި އަޅާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، އެކްސިޑެންޓް ހިނގިއިރު ޕިކަޕް ދުއްވަމުން ދިޔައީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ އޭނާ އަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޕިކަޕް ޓޯކޮށް، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް