އަސްލު ޖޭޕީގެ މީހަކު ޕީޕީއެމްއަކަށް ވޯޓެއް ނުދޭނެ: ޑރ. ހުސައިން
ޖުމްހޫރީ ޕާޓީގެ އަސްލު މެންބަރަކު، ޕީޕީއެމް ނުވަތަ ޕީއެންސީއަށް ވޯޓެއް ނުދޭނެކަމަށްބުނެ، އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ނުސީދާގޮތުން ގާސިމާއި ދެކޮޅު ހައްދަވައިފިއެވެ.
ސަރުކާރުގެ ކޯލިޝަން މިހާރު ނެތްކަމަށް ޕީއެންސީން ބުނި ޚަބަރެއް ޓްވީޓްކުރައްވަމުން ޖޭޕީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގެންނެވި ޑރ.ހުސައިން ވިދާޅުވީ ސަރުކާރު ކޯލިޝަން ނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ގަބޫލުކުރެވުނަސް، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކޯލިޝަން އުވިގެން ނުދާނެކަމަށެވެ.
އަދި ވީހާލެއްގައި ވެގެންނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު ދިފާއުކުރައްވާނެކަމަށް ޑރ.ހުސައިން ވަނީ ވިދާޅުވެފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އަސްލު ޖޭޕީގެ މީހަކު ޕީޕީއެމްއާއި ޕީއެންސީއަކަށް ވޯޓެއްނުދޭނެކަަމަށެވެ. މި ޓްވީޓްވަނީ ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހްވެސް ޓްވީޓްކުރައްވާފައެވެ.
ޑރ.ހުސައިން މިހެން ވިދާޅުވިނަމަވެސް މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތްތަކަށް ތާއިދުކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް