މޫސުން ގޯސްވެގެން ހަނިމާދޫއަށް ފްލައިޓެއް ނުޖެއްސި، ހުޅުލެއަށް ޖައްސައިފި
ޓްރިވެންޑްރަމުން ފުރައިގެން ހދ.ހަނިމާދޫގައި ޖައްސަން ދިޔަ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދޫއަށް ނުޖެއްސި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން ޖެހިއްޖެއެވެ.
މިއީ ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެކެވެ.
މި ފްލައިޓުގެ ފަސިންޖަރުންނާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ފްލައިޓް ނުޖެއްސި ވައިގެ މަތީގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަކުރިއެވެ. މި ވަގުތުގައި ދެ ފަހަަރެއްގެ މަތިން އެ ފްލައިޓް ލޭންޑްކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ.
ނަމަވެސް އެންމެފަހުން މިއަދު ހެނދުނު އެ ފްލައިޓް ވަނީ ވެލާނާާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.
މި އެއާޕޯޓުން ފްލައިޓްގެ ފަސިންޖަރުން ހަނިމާދޫއަށް ގެންގޮސްދޭނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް