އައިއޯއައިޖީގެ ރަން މެޑަލް ކުޅުންތެރިންނަށް ސަރުކާރުން ފައިސާދޭން ނުނިންމާ: ތަރުޖަމާނު
ނިމިގެންދިޔަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލްތައް ހާސިލްކުރި ދިވެހިރާއްޖޭގެ އެތްލީޓުންނަށް ސަރުކާރުން ފައިސާދޭން މިހާތަަނަށް ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ވޮއިސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޫދު ވިދާޅުވީ އައިއޯއައިޖީގައި ރަން މެޑަލް ހާސިލްކުރި ކުޅުންތެރިންނަށް ފައިސާގެ އިނާމު ދޭން އަދި މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ސަރަހައްދީ ކުޅިވަރު މުބާރާތްތަކުން ރަން މެޑަލް ހޯދާފައިވާ ކުޅުންތެރިންނަށް ސަރުކާރުން ވަނީ ފައިސާގެ އިނާމު ދީފައެވެ.
އެގޮތުން ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްއަށް ވަނީ މީގެ ކުރިން އެތައް ފަހަރަކު ބޮޑެތި ފައިސާގެ އިނާމް ހުށަހަޅާފައިކަން ފާހަަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް