ގޯލު ޖެހުމަށްފަހު އަމަލުތައް ހުރި ގޮތުން ރޮނާލްޑޯ ޖޫރިމަނާކޮށްފި
ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން އުފާފާޅުކުރުމުގެ ގޮތުން އަހުލާގީ ގޮތުން ބަލައި ނުގަނެވޭނެ ފަދަ ހަރަކާތްތަކެއް ކޮށްފައި ވާތީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫރިމަނާކޮށްފިއެވެ.
ރޮނާލްޑޯ ޖޫރިމަނާކޮށްފައިވަނީ 20،000 ޕައުންޑުންނެވެ.
ޔޫއެފާއިން ރޮނާލްޑޯ ޖޫރިމަނާކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑާއި އެކު ކުޅުނު މެޗްގައި ގޯލް ޖެހުމަށް ފަހު އޭނާގެ އަމަލުތައް ހުރި ގޮތުން އެ މައްސަލަ ބެލުމަށް ފަހުގައެވެ.
ރޮނާލްޑޯ ގޯލް ޖެހުމަށް ފަހު އެފަދަ ގޮތަކަށް އުފާފާޅުކޮށްފައި ވަނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ސިމިއޯނީއަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ފުރަތަމަ ލެގްގައި އެތްލެޓިކޯ މެޑްރިޑުން ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމުން އެރި ފޯރީގައި ސިމިއޯނޭ އުފާ ފާޅު ކުރުމުގެ ތެރޭގައި އަތުގެ އިޝާރާތުން ވަނީ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ އަމަލެއް ދައްކާފައެވެ.
އެ މައްސަލައިގައި ޔޫއެފާއިން ވަނީ ސިމިއޯނީ ވެސް 20،000 ޕައުންޑުން ޖޫރިމަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް