މުސާރަ ލިބިއްޖެ: ވެމްކޯ މުވަޒަފުން
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒިފުންނަށް މުސާރަ ދީފައިވާ ކަމަށް އެ ކުންފުނީގައި މަސައްކަތްކުރާ މުވަޒަފުން ކަށަވަރުކޮށްދީފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެމުން އެކުންފުނީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވަޒަފުން ވަނީ އެމުވަޒަފުންނަށް މުސާރަ ލިބިފައިވާކަމަށް މައުލޫމާތުދީފައެވެ.
ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނަށް މުސާރަ ޖަމާނުވާ ކަމަށް ބުނެ މީޑިއާގައި ހަބަރު ފަތުރާފައިވާ އިރު އެކުންފުނިން ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަސްކޮޅު ހުރިހާ މުވަޒަފުންނަށް ވެސް މުސާރަ ޖަމާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން މުސާރަ ނުލިބިގެން އެއްވެސް މުވަޒަފަކު ހިއުމަން ރިސޯސްއަށް ހުށަހަޅާފައި ނުވާކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއްވައެވެ.
ވެމްކޯއަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ސަރުކާރު ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް