ބިދޭސީން ގާނޫނާއި އެއްގޮތްކުރުމުގެ ކިޔު ކުޑަކުރާނަން: ފައްޔާާޒު
ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީން ގާނޫނާއި އެއްގޮތްވުމުގެ މަރުހަލާ ފަސޭހަކުރުމަށް މަސައްކަތްކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ގާނޫނާއި އެއްގޮތްވުމަށް ގިނަ ބިދޭސީން ރޭގަނޑުން ފެށިގެން ކިއުގައި މަޑުކުރަމުން ދިޔުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ ބިދޭސީން ގާނޫނާއި އެއްގޮތްވުމަށް ޖެހެމުންދާ ކިއު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި އެ ފަރާތްތަކުން ރަޖިސްޓަރވުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދީފައިވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެފަރާތްތަކުން ރޭގަނޑުން ފެށިގެން ކިއުގައި ޖެހުމަކީ ކުރަންޖެހޭނެކަމެެއް ނޫންކަމަށް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އަދި މިވަގުތު ދުވާލަކު 100-150އާއި ދެެމެދުގެ އަދަދެއްގެ ބިދޭސީންނަށް ޚިދުމަތްދެވޭނެވަރަށްވުރެ ގިނައިން ކިޔުއެއް ނެތްކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް