އައްޑޫގެ އާ ހޮސްޕިޓަލްގެ ފުރާޅު ބަދަލުކުރަނީ
އައްޑޫގެ އާ ހޮސްޕިޓަލް ހިންގާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ފުރާޅު ބަދަލުކުރުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އީސީސީގެ ފުރާޅުގެ ޓިނު ބަދަލު ކުރުމާއި، އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މިކަމަށް މިހާރުވަނީ އިއުލާންކޮށް ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާފައެެވެ.
އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ ތެރެއަށް މިހާރު ފެން ލީކްވާތީ މަސައްކަތްތައް ކުރަމުން އަންނަނީ ބާލިދީތަކެއް ބަހައްޓައިގެންނެވެ. އެ އިމާރާތުގެ ފުރާޅަށް ގެއްލުންތަކެއް ލިބުނީ ސޯލާ ޕެނަލްތަކެއް ހަރުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް