މަކަރު ހެދުމާއި އޮޅުވައިލުމަކީ އެމްޑީޕީގެ ސިފައެއް: ނިހާން
މަކަރު ހެދުމާއި އޮޅުވާލުމަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ސިފައެއް ކަމުގައި ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ނިހާން މިހެން ވިދާޅުވީ ންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީ އަށާއި އެޕާޓީން މަޖިލިސް އިންތިޚާބަށް ހުށަހަޅާފައިވާ އެޖެންޑާ19 ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، އެއީ "ޗިޗަންޑާ19" ކަމަށެެވެ.
އެމްޑީޕީގެ ފިކުރަކީ "ފަނާކުރަނިވި ފިކުރު" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ޖާގަ ދޭން ޖެހޭނީ ބިނާ ކުރުވަނިވި ފިކުރަށް ކަމަށެވެ.
ހުޅުމާލޭ ދާއިރާއަށް ރައީސް ސޯލިޙްގެ ކޮއްކޯފުޅު ވާދަކުރައްވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިހާން ވަނީ މަޖިލިހަށް ބޭބެ ނުވަތަ ކޮއްކޮ، ދައްތަ ނުވަތަ ކާފަ މަޖިލިހަށް ފޮނުވަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް