ބީއެމްއެލް މޯބައިލް ޕޭގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
ބީއެމްއެލްގެ މޯބައިލް ޕޭ ކަސްޓަަމަރުންނާއި މާާޗަންޓުންނަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިކްން ޕްރޮމޯޝަންގެ ނަމުގައި ހިންގާ މި ޕްރޮމޯޝަންގައި QR ކޯޑު ސްކޭންކޮށްގެން އަދި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކައިގެން 3 ކަަސްޓަަމަރުން އަދި 3 މާޗަންޓުންނަށް 30،000، 20،000، އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން 5 ކަސްޓަމަރުންނާއި 5 މާޗަންޓުން ހޮވާ ކޮންމެ ފަރާތަކަށް 1000 ރުފިޔާ ވެސް ލިބިގެން ދާނެއެވެ.
އަދި މި ޕްރޮމޯޝަންގައި ބައިވެރިވުން ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށްކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް