ހުޅުމާލޭގައި ކާރެއް ކޮންޓްރޯލްނުވެ، ގޮސް ދުވާރުމައްޗަށް އަރައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް އެކެއްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ދުވާރު މައްޗަށް އަރައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 06:00 ހާއިރު ފޭސް އެކެއްގެ ނިރޮޅުމަގުގައެވެ. މަންޒަރުދުށް ބައެއް މީހުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، ކާރު ދުވާރުމައްޗަށް އަރާފައިވަނީ ސައިކަލެއްގައި ޖެހުމަށްފަހުކަމަށެވެ.
މި ހާދިސާއާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްގައި މީހަކަށް ގެއްލުން ނުވާކަމަށެވެ. ލިބުއެކްސިޑެންޓާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހުޅުމާލޭ ނިރޮޅުމަގަކީ މިހާރު މާލެ ސަރަހައްދުގައި އެންމެގިނައިން އެކްސިޑެންޓް ހިނގާ އެއް މަގުކަމަށް ފުލުހުންގެ ތަފާސްހިސާބުތަޖުން ދައްކައެވެ. ނިރޮޅުމަގުގައި ބާރަށް ދުއްވާ މީހުން އިތުރުވެ، އެކްސިޑެންޓް ހިނގަމުން އަންނަ މިންވަރު އިތުރުވަމުންދާތީވެ، ފުލުހުން ވަނީ ނިރޮޅުމަގުގެ ވަރަށް ގިނަ ހިސާބުތަކުގައި ބްރޭކަރުތައް ހަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް