އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
ހއ.އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީ ކޮށް ފައްޓަވައިދެއްވީ އިހަވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުالله މުއްޠަލިބް އާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި އިހަވަންދޫ ކައުންސިލް ރައީސް އަހްމަދު ސޮބާހްއެވެ.
އިހަވަންދޫގެ މަގުތައް ޒަމާނީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި 2 އޭޕްރިލް 2023 ސޮއިކޮށް، މި މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފައި ވަނީ 102,846,733.89 ރުފިޔާއަށެވެ.
އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ ޕްލޭނުގެ ދަށުން ފެށި މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް