އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުން އަންނަ ހިދުމަތްތައް، ހެލްތު މިނިސްޓްރީގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ހުށަހެޅި މި އިސްލާހު ފާސްކުރީ، 62 މެނބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ދިރާސާ ކުރި އިޖުތިމާއީ ކޮމިޓީން ބިލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އެންސްޕާގެ ހިދުމަތް މިހާރު ދެމުންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް އެކަން އެގޮތަށް ބަދަލުކުރީ ގާނޫނަށް އިސްލާހު ނުގެހެވެ.
އެންސްޕާ އަކީ އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ހިންގާ ގިނަ ކަންތައްތައް ކުރަން އުފައްދާފައިވާ އެެޖެންސީ އެކެވެ. އެ އިދާރާ އިން ދޭ ހިދުމަތްތަކުގެ ތެރޭގައި ހުސްނުވާ އާސަންދަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް މާލީ އިނާޔަތް ދިނުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް