ހިޖްރީ އައު އަހަރުގެ ތަހުނިޔާ ކިޔަނީ އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދޭ ޙާލު: ރައީސް ނަޝީދު
ޙިޖްރީ އައު އަހަރުގެ ތަހުނިޔާ ކިޔަނީ އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދޭ ޙާލު ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙިޖްރީ އައު އަހަރާއި އަޅުގަނޑުމެން މި ބައްދަލުވަނީ ސޫދާން، ބަރމާ، އަދި ފަލަޞްޠީނުގެ މުސްލިމުންނަށް ދެރަ އާއި ތަކުލީފު ތަޙައްމަލު ކުރަންޖެހިފައިވާ ދުވަސްތަކެއްގައި ކަމަށެވެ.
އަދި އިސްލާމީ އުންމަތަށް ނަސްރާއި ކާމިޔާބަށް އެދޭ ޙާލު އެންމެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ކިޔާ ކަމަށް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ލިޔުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް