ރައީސްގެ ތައުރީފް ފުލުހުންނަށް: ރެޔާއިދުވާލު ފުލުހުން ކުރާ މަސައްކަތަށް ޝުކުރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުލުހުންނަށް ތައުރީފު ކުރައްވައިފި އެވެ.
ރައީސް ފުލުހުންގެ ހިދުމަތަށް ތައުރީފު ކުރެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފެށުނީ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ނަމުގައި ސިފައިންގެ ހިދުމަތާއި އެކުގަ އެވެ
ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތެއްގެ ގޮތުގައި ގާއިމުވީ 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް