ދެން ދިވެހި ރައްޔިތުންނަކާއި ނުކުޅެވޭނެ: ނައިބު ރައީސް ފައިސަލް
މީގެ ފަހުން ދިވެހި ރައްޔިތުންނަކާއި ނުކުޅެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ހުޅުމާލެ ދާއިރާއަށް އެމްޑީޕީން ވާދަކުރާ އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިލިއަނުން ފައިސާ ލިބެންޏާ އެ ހޯދި ގޮތް ބަލަން ޖެހޭނެކަމަށާއިއެއީ ހަދިޔާއެއްގެ ގޮތުގައި ލިބޭނެ އަދަދުތަކެއް ނޫންކަމަށެވެ.
"އެހެންވީމާ މިއަދު އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖޭގެ މުއައްސަސާތައް އެ މުއައްސަސާތަކުން ކަންތައްތައް ބަލާނެ. ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ކުރި ދުވަސް ވަނީ މާޒީ ވެގެން ގޮސްފަ. ވަރަށް ސާފުކޮށް މި ދަންނަވަނީ ދެނެއް ދިވެހި ރައްޔިތުންނަކާ ނުކުޅެވޭނެ"، ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އެޖެންޑާ19އަށްވެސް ތައުރީފުކުރައްވާފައެވެ.
އެގޮތުން އެ ކިޔާލީމަ އެނގޭނީ އެއިން ރައްކާތެރިކަމާއި ހިތަަށް ލިބޭ ފިނިކަން އިހުސާސްކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ. އަދި އާއިލާތައް ހަމަޖެހިގެން އުޅެވޭނެ މިންވަރާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، އިގްތިސާދު ކުރިއަރައިގެން ދާނެ ގޮތް އެނގޭކަމަށް ފައިސަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް