އެމްޑީޕީގެ ގައްދޫ ދާއިރާގެ ޓިކެޓް އަހުމަދު ޒާހިރު ކާމިޔާބުކުރައްވައިފި
އަންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ގދ. ގައްދޫ ދާއިރާގެ ޓިކެޓް އަހުމަދު ޒާހިރު އަށް ލިބިވަޑައިގެންފިއެވެ.
ޒާހިރުއަށް މި ޓިކެޓް ލިބިވަޑައިގެންފައިވަނީ މިއަދު ބޭއްވި އެމްޑީީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއި އެކުގައެވެ.
އަހުމަދު ޒާހިރުއަށް ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދަކީ 689 ވޯޓެވެ. މި ޕްރައިމަރީގައި ޖުމްލަ ދެ ބޭފުޅުން ވާދަކުރައްވާފައިވާއިރު، އެބޭފުޅާއާއި އެންމެ ގާތުން ވާދަކުރެއްވީ ރިޒާންއެވެ. ރިޒާންއަށް ލިބިވަޑައިގެންނެވީ 289ވޯޓެވެ.
ޒާހިރަކީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރުގެ ދަރިކަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް