ސިރިސޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކޮށްފި
ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެގައުމުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފިއެވެ.
އަންނަ އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ސިިރިސޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕޮލޮނަރުވަ ޑިސްޓްރިކްޓްގެ ގޮނޑިއަކަށެވެ.
މި އިންތިޚާބުގައި އެބޭފުޅާ ވާދަކުރައްވާނީ މިހާރު ވެރިކަންކުރާ އެސްއެލްޕީޕީ އަދި ސިރިސޭނާ ނިސްބަތްވެ ވަަޑައިގަންނަވާ އެސްއެލްއެފްޕީގެ ކޯލިޝަންގެ ދަށުންނެވެ.
ސިރިސޭނާ ދަނީ 1989ވަނަ އަހަރުން ފެށިގެން ޕޮލޮނަރުވަ ޑިސްޓްރިކްޓްގެ މަޖިލިސް މެންބަރުކަން އަދާކުރައްވަމުންނެވެ. މިއީ ކުރީގެ ރައީސް ސިރިސޭނާ ނިސްބަތްވެ ވަޑައިގަންނަވާ ސަރަހައްދުކަންވެސް ފާހަގަކޮށްލެވެއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް މިވަގުތު އޮތީ މެދު ކެނޑުމެއްގައެވެ. މި މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ސަރުކާރާއި އިދިކޮޅު ޔޫއެންޕީގެ އަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް