ޗައިނާގައި ތްރީޑީ ބްރިޖެއް ހުޅުވައިފި
ޗައިނާގައި ތްރީޑީ ބްރިޖްއެއް ހުޅުވައިފިއެވެ.
މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ބްރިޖް ހުޅުވާފައިވަނީ ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒުކަމުގައިވާ ބެއިޖިންގްގައެވެ.
ޗައިނާގެ ޝިންހުއާ ޔުނިވަރސިޓީގެ ޕްރޮފެސަރަކު ޑިޒައިންކުރި މި ބްރިޖްގެ ނަމޫނާ ނެގިފައިވަނީ ޗައިނާގެ ކުރީގެ ބްރިޖްތައް ހުންނަ ފަރުމާއިންނެވެ.
މި ބްރިޖްގެ ދިގުމިނުގައި 26.3 މީޓަރ ހުންނައިރު، ފުޅާމިނުގައި 3.6 މީޓަރ ހުރެއެވެ. މި ބްރިޖަކީ ތްރީޑީކޮށް ޕްރިންްްޓްކުރެވިފައިވާ ބްެރިޖެކެވެ.
މި ބްރިޖްގެ މަސައްކަތް ނިންމުނީ 19 ދުވަހުންނެވެ. ބްރިޖް ހުުޅުވުމުގެ ގޮތުން ސަތޭކަ މީހުންނަށް ވަނީ ބްރިޖްގައި ހިނގުމުގެ ފުރުސަތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް