ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ ސެމިނަރ ފެށިއްޖެ
ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރެއް ފަށައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ބާއްވާ ސެމިނަރއެކެވެ.
މި ސެމިނާރަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނަވައި ދެއްވުމާއި، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމާއި، ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުމުގެ މަޤުޞަދުގައި ބާއްވާ ސެމިނާރެއްކަމަށް ޑީޖީއޭއިން މައުލޫމާތުދެއެވެ.
ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ޖުވެނައިލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނެވެ.
މި ސެމިނާރުގައި ރ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަތޮޅު ކައުންސިލް އިދާރާއާއި ސްކޫލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް