އިންޑިޔާގެ ޖައްވީ ކާމިޔާބީއަށް ރާއްޖެއިން މަރުހަބާ ކިޔައިފި
އިންޑިޔާއިން ދާދިފަހުން ހޯދި ޖައްވީ ކާމިޔާބީއަށް ރާއްޖޭގެ މަރުހަބާ ކިޔައިފިއެވެ.
މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާއިން ހަނދަށް ފޮނުވި ޗަންދްރަޔާން ދޭއް ރޮކެޓްގެ ކާމިޔާބު ލޯންޗަށް އިންޑިޔާގެ ސްޕޭސް ރިސާރޗް އޯގަނައިޒޭޝަނާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ހަނދަށް ދިއުމަށް އަމާޒުހިފައި، އެކަން ކާމިޔާބު ކުރުމަކީ ކުޑަ ސައިންޓިފިކް ކާމިޔާބީއެއް ނޫންކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ޗަންދްރަޔާން ރޮކެޓްގައި ހަނދަށް ވަނީ ހަނދުގެ ނުފެންނަ ފަޅިއަށް ރޯވަރއެއް ފޮނުވުމަށް ހަމަޖެހިފައެވެ. މި ރޯވަރ ކާމިޔާބުކަމާއި އެކު ޖައްސައިފިނަމަ، އެގައުމު ވެެގެންދާނީ ހަނދަށް ދެވުނު ހަަތަރުވަނަ ގައުމަށެވެ.
މި ރޯވަރއަކީ ހަނދުގެ އެންމެ ދުރު ހިސާބުގައި ޖައްސާ ރޯވަރއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް