ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ބ.އަތޮޅުގައި ހުންނަ ރީތި ބީޗް ރިސޯޓް އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އަލިފާން ރޯވީ އެ ރިސޯޓުގެ އިންޖީނުގެ ހުންނަ އިމާރާތުގެ ދެގުދަނެއްގައެވެ. އެ ދެ ގުދަނުގައި ކެމިކަލް އާއި އިންޖީނުގޭގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު ހުރިކަމަށް އެ ރިސޯޓުން ބުނެއެވެ.
މިއަދު ހެނދުނު 11 ޖަހާ އެހާކަށްހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް