އަބްދުއްރަހީމް، ރައީސް ނަޝީދުއާއި ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ބައްދަލުކުރި ވާހަކަ ރައްޔިތުންގެ މަޖިލީހުން ދޮގުކޮށްފިއެވެ.
އަބްދުއްރަހީމް، ރައީސް ނަޝީދުއާއި ބައްދަލުކުރެއްވިކަމަށް ބުނެ "އަދަދު" ނޫހުން ލިޔެފައިވާ ޚަބަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެއީ ހަގީގަތާއި ޚިލާފު ހަބަރެއް ކަމަށެވެ.
މިގޮތުން، މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންފަހުން، ރައީސް ނަޝީދުއާއި ބައްދަކުރައްވާފައިނުވާކަމަށް މަޖިލީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަދަދު ނޫހުން ޝާއިއުކޮށްފައިވާ ޚަބަރު، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް ވެސް ވަނީ ދޮގުކުރައްވާފައެވެ.
މިގޮތުން ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެނެރީގޭގައި ވެސް މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު މުރައިދޫގައި ވެސް، އެހެން ތަނެއް ގައިވެސް އެދެބޭފުޅުން ބައްދަލުކުރައްވާފައިނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް