މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި؛ އާއިލާއަށް ޚަބަރެއް ނުވާތާ 5 ދުވަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދަނީ، މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ)އެވެ.
ފުލުހުން ބުނީ، ޔަލްވީގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އެހެން ކަމުން ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް