ބޮޑު އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި
މި މަހުގެ 13 ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނުމަގު މާފަންނު ބަސް ޓަރމިނަލް ކުރިމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި ކުއްޖާއަށް ވޯޑުގައި ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އަދި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންއައި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނެގުމަށްފަހު ވޯޑުގައި ފަރުވާދެމުން އަންނަކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
މި އެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ އެކްސިޑެންޓް ހިނގި ރޭ ނިޔާވެފަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް