އީރާން ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ނައިބް ރައީސް އީރާނަށް ވަޑައިގެންފި
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އީރާނަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އައު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއަންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ވަޑައިގެންފައިވާ ކަމަށެވެ.
ނައިބު ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސެވުމުން ނައިބު ރައީސް އިސްތިޤްބާލު ކުރެއްވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރ ޑރ. އަލާއުއްދީން ބޮރޫޖެރުދީއެވެ.
އީރާނުގެ އައު ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް