ގެނބުނު މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރު ގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ހާބަރު ސަރަހައްދަށް އިއްޔެ ގެނބެމުން ދަނިކޮށް ސަލާމަތްކުުރި މީހާގެ ހާލު ދެރަ ކަމަށާ އޭނައަށް މިވަގުތު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އިއްޔެ ހިނގި ހާދިސާގައި ގެނބުނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ގެނބެމުން ދަނިކޮށް ސަލާމަތް ކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.
އެ މީހާގެ ހާލަތާއި ގުޅޭގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ދެރަ ކަމަށާ އޭނައަށް މިވަގުތު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ އިއްޔެގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެ މީހާ ގެނބެން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް