ފަނޑިޔާރު އަބްދުﷲ ދީދީ އާއި ދެކޮޅަށް ރައީސް ނަޝީދު ޖޭއެސްސީއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ.
ނިއުޝާ ވިދާޅުވީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ފަނޑިޔާރެއްގެ މައްސަލަ ބައްލަވައި އެޖެންޑާކޮށް ދިނުމަށް އެދި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ސިޓީއަކުން ޖޭއެސްސީގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އަދި ކޮމިޝަންގެ މަސައްކަތްތައް ގަވާއިދުން މީޑިޔާއާއި ހިއްސާކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖޭއެސްސީގައި ރައީސް ނަޝީދު އެދިވަަޑައިގެންނެވި ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ތޭރަ އަހަރުގެ ޖަލުހުކުމެއް އިއްވި އިރު އެ ބެންޗްގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް