ކުޑަކުއްޖަކު ރޭޕްކުރުމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް
ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
ރާޢްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.
އޭނާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާ އެކު އޭނާ ވަނީ ފިލާފައެވެ. އެހެންކަމުން، ފުލުހުންވަނީ އޭނާގެ ވަނަވަރު ޢާންމުކޮށް، އޭނާ ހޯދުމަށް، ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މި މައްސަލައާ ގުޅިގެން، ވިއާމް ފިލުމަށް އެހީތެރިވި 29 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. މި މީހާގެ ބަންދަށް ކޯޓުން ޖަހާފައިވަނީ ވަނީ 12 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް