ވޯޓުދޭން ޖެހޭނީ މީހުންނަށާއި ވިސްނުމަށާއި ފިކުރަށް: އަލްހާން
ވޯޓު ދޭން ޖެހޭނީ މީހުންނަށާއި ވިސްނުމަށާއި ފިކުރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ކްލަބް ޒެފްރޯލްގެ ޒުވާނުން އަލްހާންއަށް ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލްހާން ވިދާޅުވީ ތިލަފަތަށް ވޯޓު އެޅޭކަށް ނޯންނާނެކަމަށާއި ވޯޓު ދޭން ޖެހޭނީ މީހުންނަށާއި ވިސްނުމަށާއި ފިކުރަށާއި ކަން ކުރެވޭ ވަރުގެ މީހުންނަށްކަމަށެވެ. އަދި އަބަދުވެސް ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ މީހަކަށް ވާނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނީ އެކަންކަމުގައި ރައްޔިތުން ނުކުމެގެން ކަމަށެވެ. ރައްޔިތުން އުޅެމުން ދަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި އެހެންވެ އެ ރައްޔިތުންގެ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އަލްހާާން ވިދާޅުވިއެވެ.
"ހެންވޭރު އުތުރުގައި އަދާޔާ ހިލާފަށް އެބައޮތް ގެދޮރުގެ ދަތިކަން، ދިރިއުޅޭނެ ތަން ނެތް މީހުން ގިނަ އަދަދެއްގެ މީހުން ފުނި ޖެހިގެން އެބަ އުޅޭ،" އަލްހާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް