ކޮކޯޕާމް ދުނިކޮޅުގައި މަސައްކަތްކުރާ ދިވެއްސަކު ގެއްލިގެން ހޯދަނީ!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބ.އަތޮޅު ރިސޯޓެއްކަމަށްވާ ކޮކޯޕާމް ދުނިކޮޅުގައި މަސައްކަތްކުރާ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ، ދިވެއްސެކެވެ. އޭނާ ގެއްލިފައިވަނީ މިއަދު އިރުއޮއްސުނު ފަހުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ، ފުވައްމުލަކް ސިޓީއަށް ނިސްބަތްވާ އަލީ އަހުޝަދު ނަމަކަށް ކިޔާ މީހެކެވެ.
ކޮކޯޕާން ދުނިކޮޅަކީ ތުޅާދޫއާ އެއްފަޅެއްގައި އޮންނަ ރިސޯޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫގައި ތިބޭ ބައެއް ފުލުހުން މިހާރު އެރަށުގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް