ފުުލުހުންގެ ޔުނީފޯމުން މިހާރު ސާރވިސް ނަންބަރުވެސް ފެންނާނެ!
ފުލުހުންގެ ރަސްމީ ޔުނީފޯމުތަކުގައި ނަމާއިއެކު ސާރވިސް ނަންބަރުވެސް ފެންނަގޮތަށް ހަމަޖައްސައިފިއެވެ.
މި ބަދަލު ގެނައިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.
ސީޕީ ހަމީދު ވިދާޅުވީ އޮފިސަރުން ޒިންމާދާރު ކުރުވުމަށްޓަކައި އެއީ ކާކުކަން އެނގުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި މިއީ ކުޑަނަމަވެސް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ ކުރިން ފުލުހުންގެ ސާރވިސް ނަންބަރު ނޭނގުމުގެ ސަބަބުން ވަނީ ފުލުހުންނާއި ދެކޮޅަށް މައްސަލަ ހުށައެޅުން ފަދަ ކަންތައްތައް ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް