ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތުއްތުކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް ދޭއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތުއްތުކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެންނެވެ.
މަންޒަރުދުށް މީހަކު ވޮއިސް އާ ވާހަކަދައްކަމުން ބުނީ، ޖެހުނު ދެ ސައިކަލުގެ ތެރެއިން އެއްސައިކަލުގައި އިން މީހާ އިނީ ބެލްޓް އަޅައިގެން ތުއްތު ކުއްޖެއް ގޮވައިގެން ކަމަށެވެ.
އެކްސިޑެންޓް ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ހިޔާ 9 ވަނަ ޓަވަރާ ދިމާލު ހަތަރު އަނގޮޅި ކަންމަތީގައެވެ. ފުލުހުން މިހާރު ދަނީ އެކްސިޑެންޓްވި ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މި އެކްސިޑެންޓުގައި ކުއްޖާއަށް ލިބުނު އަނިޔާގެ މައުލޫމާތެއް ސާފެއް ނުވެއެވެ. ނަމަވެސް ވޮއިސްގެ ނޫސްވެރިން އެކްސިޑެންޓް ހިނގިތަނަށް ގޮސް ބެލިއިރު، އެ ސަރަހައްދު މަގުމަތީގައި ލޭ ހުރިކަމުގެ ނިޝާނެއް ފެންނާކަށެއް ނެތެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް