މައިބަދައަށް ލިބުނު އަނިޔާއަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އެޑްމިޓްކޮށް ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ މައިބަދައަށް އަނިޔާވެ ދިމާވީ ސިއްހީ މައްސަލައެއްގައި މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
ޗުއްޓީ ހޭދަކުރައްވަން ބ. ފުޅަދޫއަށް ވަޑައިގެން އުޅުއްވަނިކޮށް ލިބުނު މި އަނިޔާއާއި ގުޅިގެން، އުއްތަމަ ފަނޑިޔާރު ވަނީ އިމަޖެންސީގައި ރޭ ދަންވަރު މާލެ ގެނެސް ފައެވެ.
އަދި އެބޭފުޅާއަށް މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ހިނގާބިނގާވެ އުޅުއްވަން އުއްތަމަ ފަނޑިޔާރަށް ދައްޗެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އުއްތަމަ ފަނޑިޔާރަށް އަނިޔާވެގެން ފަރުވާދެމުންދާއިރު، ސުޕްރީމް ކޯޓު މިވަގުތު އޮތީ ރިސެސްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް