ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޑރ.ރަމްޝާ ނިޔާވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އޮފިސަރެއްގެ މަޤާމު އަދާކުރެއްވި ޑރ. ރަމްޝާ އައިމިނަތު ނިޔާވެއްޖެއެވެ.
ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި، ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
ޑރ. ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތް ކުރުމަށްފަހު، އިތުރަށް ކިޔެވުމަށް ބެންކޮކުގައި ހުއްޓާ 2020 ވަނަ އަހަރުއެވެ. ނަމަވެސް ޑރ. ރަމްޝާ ވަނީ އޭނާގެ ކިޔެވުން ފުރިހަމަ ކުރައްވާފައެވެ.
ޑރ. ރަމްޝާ ދިޔައީ ކެންސާ ސޮސައިޓީގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުންނެވެ. އަދި ޑރ. ރަމްޝާ ވަނީ ކޮވިޑު ދުވަސްވަރު ސިއްހީ މައުލޫމާތު ފެތުރުމުގައި ވަރަށް މުހިއްމު ގިނަ މަސައްކަތްތައް ކުރައްވާފައެވެ. މީގެ އިތުރުން ޑރ. ރަމްޝާ ވަނީބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް